ދައުލަތުގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެންވެސް ދިޔައީ ފަނުފުލުން


އަޅުގަނޑު ހިތައް އަރައެވެ.  ރައީސް ނަޝީދު ވެރިކަމަށް ބޫތު ކައިފަ ހުއްޓާ މިވީ ގޮތުން މުޅީން އޭނާގެ މުޅި ޕްލޭން ބަދަލު ކުރަންޖެހުނީއެވެ. ވެރިކަމަށް ކުރިމަތި ނުލާނެތޯ،. ލާނެތޯ އެއީ އޭނާ މިހާރު ކުރަމުންދާ ސުވާލެކެވެ. ވެރިކަން ބޭނުންފައިވާ ވަރަށް ގިނަ މީހުން އެބައުޅެއެވެ. އަންނިއަށް އެމީހުން ކޮންޓްރޯލް ކުރުމަކީ ނުވާނެކަމެވެ. އެކަމާއިބެހޭ ރިޕޯޓެއް މާދަމާ ގެނެސްދޭނަމެވެ..

އެކަމުގެ މާޔޫސުގައި ހުއްޓާ ފެނުނީ މުޅިން އައު މަންޒަރެކެވެ. ދިވެހިން އެހެން ޗާޓެއް ކުރަހާ މަންޒަރެވެ. ދައުރު ދެބައިވެސް ނުވަނީހެވެ. އެކަމަކު މިވީ ކިހިނެތްހެއްޔެވެ؟ ޑީއޯ ސައްޕެ ބުނެފައިވަނީ 60 ޕަސަންޓް ރީނދޫ ބާގައިގެ މީހުންނަށް ލިބޭނެކަމަށެވެ. މުޙައްމަދު ނަޝީދު، އަންނި ބުނީ 70 ޕަސަންޓްއެވެ. ޑީއޯ ސައްޕެބުނި ޢަދަދު އަންނި ބުނިޢަދަދަށްވުރެ ކައިރިއެވެ. އެހެނަސް މިއިން އެނގެނީ މިމީހުން ދައްކާވާހަކައިގެ ފަންސާސް އިންސައްތަ  ތެދު ނުވާނެކަމެވެ. އެއީ މިމީހުންގެ ނާޤާބިލުކަމެވެ. ތަންދޮރު އޮޅުން ނުފިލާކަމުގެ ހަޤީޤަތެވެ.

ރޭގައި ބޮޑު ބެރުވެސް ޖެއްސެވިއެވެ. ސިޔާސީ ނެއްޓެވުންތައްވެސް އޮތެވެ. އަދި ފަރުދާގެ ފުރަގަހުގައި ރޭގައި ދެބަންދިހާރި ވާފަދަ ކަންކަން މެދުވެރިވާނެއެވެ. އެހެނަސް މިއަދު ގޮތް ހުސްވެ، އަމިއްލައަށް އެނދުމަތިވެގެން ރައީސް އުޅުއްވަނީ އެކަން ވާނެކަމަށް ހެއްޔެވެ. މެޖޯރިޓީ ލިބޭނެ ކަމަށް ހެއްޔެވެ.

3 ބޫޓު ހަލާކުވުން

ރިޔާސީ3  ބޫޓަކީ ހަމަ ޤައިމު ތެދު ވާހަކައެއްނޫނެވެ. އަނެއްކާ އައި ހިނދުކޮޅެއްގައި މޫދަށް ބޫޓު ކޮޅު އެއްލާލެވުނީ ކަންނޭނގެއެވެ. ދެން މިވެސް ވެރިޔެކޯލައެވެ. 4 ދުވަހުގެ ޗުއްޓީއެއް ނެގީ ދައުލަތަަށް ޚިދްމަތް ނުކޮށް މީނާގެ ރީނދޫ ބާގާގައިމީހުން ނަށް ކެމްޕޭނުކޮށްދީ މުޅީމީހާ ހަފުސްވެގެނެއެވެ. އެކަމަކު ވީކަމެއް ނެތެވެ. އަމިއްލަ އަށް މޮޅުވީކަމަށް ޤަބޫލުކޮށްލައިގެން، ހިތް އެމަގަށް ހަމަޖައްސައިގެން އެއުޅެނީ ހިތާއި ސިކުނޑިއާއިގުޅުމެއް ނުވާތީއެވެ. އަހަރުމެން މިއުޅެނީ އަހަރަކު 2 ބޫޓުވެސް ގިނަވެގެނެއެވެ. އަނެއްކާ އެބުނާ ތަކެތި ގެންގުޅެނީ ބޫޓު ކަފާލައިގެން ހެއްޔެވެ.

ދައުލަތުގެ ވަޞީލަތް

ކެނެރީގޭ މީހާ ބުނެއުޅޭ ވާހަކައެއް އޮވެއެވެ. ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެެރިނުވާށެވެ. ރައްޔިތުންނަށް ދޮގު ނުހަދާށެވެ. ނާޖާއިޒް ފައިދާ ނުނަގާށެވެ. އަދި ކޮބައިތޯ، ދައުލަތުގެ ވަޞީލަތްތައް އަމިއްލަ ބޭނުމަށް ބޭނުން ނުކުރާށެވެ.

އެމްއެންބީސީއަކީ މުޙައްމަދު ނަޝީދުގެ ވާރުތަ މުދަލެއް ނޫނެވެ. އެއީ އެމްޑީޕީ މީހުންގެ މުދަލެއްވެސް ނޫނެވެ. “ވިޔަފާރީގެ އުޞޫލުން ގަނެފައިވާ ގަޑިއެއް” މި ޞުރުޙީ ޚަބަރުގައިވެސް ދައްކާފައިވެއެވެ. އެމްއެން ބީސީ ޚަބަރުކިޔާ ޖިންސުއްލަތީފު، ލީޒާ ޚަބަރު ކިޔަނީ އޭނާ ވިޔަފާރީގެ އުޞޫލުން ގަޑި ގަނެގެން ހެއްޔެވެ؟ ހިއުމަން ރައިޓްސްއާއި އެމްއެންބީސީން ގުޅިގެން ގެނެސްދޭ ޕްރޮގްރާމްއެއީ ވިޔަފާރީގެ އުޞޫލުން ވިއްކާފައިވާ ގަޑިއެއްކަމަށް އެރުވިއެވެ. މިދިޔަ ހުކުރުދުވަހު ހޭއްޔަންބޯގައިވެސް ވަގުތު ކޮޅަކަށް “ވިޔަފާރީގެ އުޞޫލުން ގަނެފައިވާ ގަޑިއެއް” މިހެން އެރުވިއެވެ. މުނާޒްއާއި މަރީ ޕްރޮގްްރާމް ހުށަހަޅީ ވަގު ގަނެގެން ދޯއެވެ. އެހެންވީމާ އެއިން އެގުނީ އެމްޑީޕީގެ ޕްރިިޮގްރާމްތައް ދައްކާފައިވަނީ މިއުޞޫލުންނެވެ. އެކަމަކު ނަތީޖާ ފާޅުކުރަމުން ދިޔައިރު، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ހުތުރު ޢަމަލު ހިންގާ ޖަޒީރާ މުހުސިން ހުރީ މުޅިން ކޮސްވެފައެވެ. އޭނާ ބޭނުންވަނީ އަބަދުވެސް ިސިޓީ ކައުންސލްގެ ނަތީޖާ ގެނެސްދޭށެވެ.

ދެވަނަކަމަކީ ރާއްޖެތެރެއަށް މުހައްމަދު ނަޝީދު ކުރެއްވި ދަތުރު ތަކެވެ. ދައުލަތުގެ ޚަރަދުގައެވެ. އެއަރޓެކްސީއާއި ލާންޗާއި، ޗާޓަޑް ފްލައިޓް ގައެވެ. މައުމޫނުގެ ދައުރުގައި މައުމޫނުވެސް ދަތުރު ކުރެއްވިއެވެ. އެކަމަކު އެންމެ ފަހުން 2008ގައި އެބޭފުޅާ އަށް އެފައިސާ ދައްކަވަން ޖެހިވަޑައިގަތެވެ. މިއަދު އެއުޞޫލެއްވެސް ނެތެވެ. ފާޅުގައި އެހެރަދަނީ ފައިސާތައް އުކަމުން، ތަޅަމުން، އިސްރާފުކޮށް، ހިޔާނަތްތެރިވަމުންނެވެ.

 

ބަލިވުމާއި، ސިވިލް ސާވިސް

މީނާ މިއައި ހިނދުކޮޅުގައި މުޅި ސިވިލް ސާވިސް ފުނޑާލާނެކަމަށް ވަނީ ބުނެފައެވެ. ލިބުނު ނާކާމިޔާބީގައި މުޅީން އެހެން ކަމަށް ހިތް ގޯސްވެފައިވާއިރު، އެމްއެމްއޭއިން އެމްޑީޕީއަށް ފައިސާ ދޭން ޖެހޭ ސަބަބެއްވެސް ނޯންނާނެއެވެ. ފަޟީލް ނަޖީބަށް އަޅުގަނޑު ގޮވާލަނީ ކެނެރީގޭ ގްލޯބަލް ގަންޖާ ދައްކަވާ ވާހަކަ ފުޅުތައް ޤަބޫލުނުކޮށް ދިވެހި ޤައުމަށް ޚިދްމަތްކުރުންމަތީ ދެމިހުންނެވުމެވެ.

މިއަދު އެމްޑީޕީއަށް ޖެހިފައިވާ ހާލަތަކީ ކޮބައިތޯއެވެ. ރީކޯ މޫސާމަނިކާއި، މާރިޔާއާއި، ސަރަނގާއި، ޑރ.ޝަހީދާއި، ހަމްޒާއާއި މިތިން ބޭފުޅުންނަކީވެސް  2013 ގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަ ކުރާނެމީހުންނެވެ. ހަމަޔަޤީނުންވެސް މިފަހަރު ރީކޯ މޫސަގެ ސައިޒް އަންނިއަށް އަންގާލާނެއެވެ. ތިޔަ ޕާޓީ މުއްދަތު ހަމަވަން ހަމަ ދޮޅަހަކަށްދުވަސްވެސް ނެތެވެ.

 

 

Advertisements
This entry was posted in Politics. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s