ޑިމޮކްރަސީގެ ހެދުން އަޅައިގެންހުރި ދުނިޔޭގެ އެންމެ ބޮޑު ހުދުމުހުތާރު ވެރިޔާ


ދުނިޔޭގެ އެންމެހާ ކަންކޮޅުތަކުން އަޑު އުފުލަމުންދަނީ ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ރައްޔިތުންނަށް މިނިވަންކަން ލިބިދިނުމަށްޓަކައެވެ. ޚިޔާލު ފާޅުކުރުމާއި، އެއްވުމުގެ މިނިވަންކަމާއި، އެހެނިހެންވެސް އިންސާނީ ފަރުދީ މިނިވަންކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިނިވަންކަން ލިބި، މިނިވަންކަންކަމަށް މަގުފަހިވާން ފަށައިފިއެވެ. ޓިއުނީޝިއާއާއި، މިސްރާއި، ޖޯޑަން އަދި ސަޢޫދީވެސް އެމަންޒަރު ފެންނަން ފަށައިފިއެވެ. އެންމެންވެސް ގޮވަނީ ޑިމޮކްރަސީގެ ބޯވަޅު އެޅި ލިބާހެއްގެ ވާހަކައެވެ. އެލިބާސް ނުފެހިގެން، އެކަމާއިދެކޮޅު ހަދާ ވެރިން ބާލަނީއެވެ. ޑިމޮކްރަސީގެ ހެދުން ފަހައި، އެއިން މުޖުތަމަޢު ފޭރާން ކުރުމަށެވެ.

ލިބާހުގެ އަޞްލު މޭސްތިރި

ރާއްޖެއަށްވެސް ޑިމޮކްރަސީގެ ފުރިހަމަ ލިބާހެއް ވަނީ ފަހާފައެވެ. އެލިބާސް ފެހީ، ކުރީގެ ރައީސް މައުމޫނެވެ. މިރާއްޖޭގެ ޤާނޫނު އަސާސީ ބަދަލު ކުރަން ވެއްޖެކަމަށް ވިސްނީ، ރައީސް މައުމޫނެވެ. ޚާއްޞަ މަޖިލިސް އެއްކުރީވެސް ރައީސް މައުމޫނެވެ. އެކަމަކު އެއީ ބަޔަކު ފިއްތައިގެން، ޕްރެޝަރު އުދުނަކުން ކެއްކި އެއްޗެއްކަމަށް ދެއިރު ހަމައިގައި ނުތިބޭމީހުން ބުނެއެވެ. ސުވާލަކީ ޤާނޫނު އަސާސީ އިޞްލާޙުކުރަން ރައްޔިތުންގެ މަޖިލީހުގައި ތިބި، އެބުނާ އިޞްލާޙަށް މަސައްކަތްކުރިމީހުން ނޫޅުނީ ކީއްވެ ހެއްޔެވެ؟ އެކަން ކުރަން ހުށަނޭޅީ ކީއްވެ ހެއްޔެވެ؟ އަފީފާއި، މޮޑީއާއި، މުހައްމަދު ޝިހާބާއި، އިސްމާޢީލް ޝިހާބާއި، މިނޫންވެސް މީހުން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅީ ކީއްވެބާއެވެ. އެމީހުން މިރާއްޖެއަށް ޑިމޮކްރަސީ ގެންނަން ބޭނުންނުވީ ކީއްވެބާއެވެ؟ ނަމަވެސް މިއަދު އަޑު އުފުލައި ތިމަންނަ ފެހި ލިބާހެކޭ ބުނިއިރު، ބާކީ ފޮއްޗާއި، ފޮތި ކެނޑި ކަތުރާއި، އޭގެ ބަރަންޏާއި، އަދި ފަހާ ފޮށިވެސް އެއީ މައުމޫނެވެ. އެއީ ހަސަން ޢަފީފެއް މާރިޔާއެއް، މުޙައްމަދު ޝިހާބެއް ނޫނެވެ.

ސިޔާސީ ޕާޓީއަކީ ޠަބަޢީ ނިޒާމުގެ ފަރުޢެއްތަ؟

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުނީ އެކަން ކުރަން ޤާނޫނު އަސާސީ ތަންދޭކަމަށް، އޭރުގެ އެޓާރނީ ޖެނެރަލް ޑރ.ޙަސަން ސަޢީދު ލަފާ ދެއްވުމާއިގުޅިގެންނެވެ. އޭރު ލަފާ ހޯދުމަކީ ރަސްމީކަމެކެވެ. މިހާރު ލަފާ ހޯދުމަކީ ރައީސް ދެކޭގޮތުގައި ނިކަމެތި، އަދި ޤާނޫނާއި ޚިލާފު ކަންކަން ނުހިންގޭނެކަމެކެވެ. ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ވޯޓު ދީ، ފާސްކުރުމާއިއެކު، ސިޔާސީ ޕާޓީތައް އުފެދުނެވެ. ވޯޓުން ފާސްވީ އަދު އެމްޑީޕީއަށް ނިސްބަތްވާ ދެތިންމީހަކު ކުރިކަމަކުންނެއްނޫނެވެ. މުޅި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުންނެވެ. އެކަންވީ ސިޔާސީ ޕާޓީ އުފައްދަން ބޭނުންވެފައިތިބި، އޭރުގެ އެމްޑީޕީ ފިކުރުގެ މީހުންނަށް ލިބުނު އުފަލަކަށެވެ. އެމީހުން ބުނަނީ ސިޔާސީ ޕާޓީއަކީ އެމީހުންގެ އެއްޗެއްކަމަށެވެ. އެހެންކަމަށްވާނަމަ، ޤާނޫނު އަސާސީއަކީ ރައީސް މައުމޫނުގެ އިސްނެންގެވުމާއި، ކެރުންތެރިކަމާއި، އަދި ޑިމޮކްރަސީއަށް ބޭނުންވެފައި ހުރިކަން އަންގައިދޭ ކަމެކެވެ.

ދެން އޮތީ މަޢުޟޫގެ އަޞްލު ބައެވެ. ސިޔާސީ ޕާޓީ ބައިވެރިވާގޮތަށް އެންމެ ފުރަތަމަ ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބުގައި، އެތައްބައެއްގެ ބައިވެރިވުމާއިއެއްކޮށް، ކުޑަ ތަފާތަކުން ރައީސްކަމަށް އައީ ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދެވެ. އެންމެންގެ ބަހުންނަމަ “އަންނި”އެވެ. ލާންޖެހުނު ލިބާހަކީ ޑިމޮކްރަސީގެ ލިބާހެވެ. މައުމޫނުގެ އިސްނެންގެވުމަކަށް، ބާރުހުރި، ސަވަރީން އޮތޯރިޓީއަކުން ފެހި ލިބާހެކެވެ. އެކަމަކު ލިބާސްލި މީހާ މުޅީން ލިބާޙުގެ ހަޤީޤަތާއި ދެކޮޅެކެވެ.

ޤާނޫނާއި ޚިލާފުވުން

ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސަކީ ޤާނޫނުގެ ވެރިކަން ހިންގުމެވެ. ރައީސް ނަޝީދު ޤާނޫނަށް ބަލަނީހަމައެކަނި އޭނާއަށް ސިޔާސީ ފައިދާ ހުރިކަންކަމުގައެވެ. އެހެންކަންކަމުގައި ޤާނޫނާއި ޚިލާފެވެ. އައްޑޫ ދޫގަސް ގެސްޓް ހައުސް އެއްވެސް ބިޑަކާނުލައި، އިޢުލާނުކުރުމެއްނެތި، ހ.ޝަފީޤުގޭ ޝަފީޤުގެ ދަރި ޝަފީޤް ޙިއްޞާ އޮންނަ އެމްވީކޭއަށް ދިނެވެ. އެންޓިކަރަޕްޝަނުން އެކަން ހުއްޓުވަން އެންގުމުން ނުހުއްޓުވިއެވެ. އެވެސް ޑިމޮކްރަސީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޔަންކުރަން ރައީސަށް ބާރުލިބޭތީ، އެކަން ކުއްވެރިކޮށް ރައީސް ނަޝީދުގެ ޕާޓީން ނުކުރާ މުޒާހަރާއެއްނެތެވެ. ވަލު ދޮރޯށިން ބަޔަކު ވެއްދީކަމަށް ބުންޏެވެ. އެކަމަކު ވެރިކަމަށް އައިސް، އާ މަޖިލިސް އައްޔަނުކުރެވެންދެން، ރައީސް ނަޝީދުވެސް އެއްކަލަ ވަލުދޮރޯށިން މީހުން އެތަނަށް ވެއްދިއެވެ. ވޯޓުގައިވެސް ބައިވެރިވިއެވެ. އެކަމަކު އެވެސް ހަމަ ޑިމޮކްރަސީއެވެ.

ދިވެހިރާއްޖޭގެ ސްޕްްރީމް ކޯޓުން ކުރި ޙުކުމަކާއިދެކޮޅަށް، އެމްޑީޕީގެ މެންބަރުން މަގުމައްޗަށް ނުކުމެ، ޤާޟީންގެ ގޭގެއަށް ގާއުކައި، އެވަރުންނުފުދިގެން މިހާރު ފަހުގެ ތާރީޚެއްގައިވަނީ ކޯޓެއްގައި ތަޅުވެސް ލާފައެވެ. ޤާޟީންގެ މައްސަލައަކީ ރައީސް ބޭނުންވާގޮތަށް މައްސަލަ ނުނިންމުމެވެ. މަޢުލޫމާތު ލިބޭގޮތުގައި ސިފައިންގެއަށް ކުރީގެ އިންތިޤާލީ އުއްތަމަ ފަނޑިޔާރު ގެންގޮސް އެކަމާގުޅިގެން “ބަވާފައިވެސް” އެބަހުއްޓެވެ. ރައްޔިތުންގެ ކޯޓު ހަދައި އެކޯޓުގެ އިސްފަނޑިޔާރަކަށް، ނުވަތަ އުއްތަމަ ފަނޑިޔާރަކަށް މޫސާ މަނިކު ހަަމަޖެއްސީވެސް ހަމަ މިހާރުގެ ވެރިކަމުގެ ފަރާތުންނެވެ. މިވެސް ޑިމޮކްރަސީއެވެ.

ރާއްޖެ ބަދުނާމުވާގޮތަށް، ޓެރައިސްޓުންނޭ، ކިޔައި، ތިމާއަށް ނުއެގޭ އެތައް ވާހަކައެއް ދެއްކުމުގެ ސަބަބުން މިއަދު ރާއްޖޭގެމީހުންނަށް ދުނިޔޭގެ ޤައުމުތަކުގައި ދަތުރުކުރަން އުނދަގޫވެއްޖެއެވެ. ސަލްޓަން ޕާކުގައި ބޮންގޮއްވާލިމީހުންނަށް މަޢާފު ދީފައިވަނީ ޕެރޯލްގެ ޤާނޫނާއިމުޅީން ޚިލާފަށެވެ. ދަރުމަވަންތަ މިސްކިތުގައި ހުކުރުކޮށް، ހުތުބާ އެދެނީ ކާކު ދީފައިވާ ހުއްދައެއްގެ ދަށުންތޯއެވެ. މިރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައި، ވަކިބަޔަކަށް މިނިވަންކަން ދީގެން އުޅޭއިރު، ލާދީނީ ވާހަކަދައްކައި، އެކަން ފަތުރައި ހަދާމީހުންނަށް ޙިމާޔަތް ދިނުމަށް، ހައްދުފަހަޅަނާފައިވާ މީހުންނަށްވެސް މިނިވަންކަންދެނީއެވެ. މިވެސް މިރާއްޖެ ދެކެފައިވާ ޑިމޮކްރަސީއެވެ. ޑިމޮކްރަސީގެ ހެދުން އަޅައިގެން ހުރި މީހާ ކަން ކުރާގޮތެވެ.

ދައުލަތުގެ ޚަރަދުގައި ކެމްޕޭންކުރުން

ދެން އޮތީ ބޮޑު ޖޯކެކެވެ. އަދުގެ ސިޔާސީ ހަޤީޤަތަކީއޭ ބުނެ ރައީސް ދާދިފަހުން ދިން ރޭޑިޔޯ ޚިޠާބެއްގައި، އިޢުތިރާފުތަކެއް ހުރިކަން އެނގުނެއެވެ. އެއީ އެމްޑީޕީއަށް ދައުލަތުގެ ޚަރަދުގައި ކެމްޕޭނު ކުރުމެވެ. ދައުލަތުގެ ޚަރަދުގައި މާލިއްޔާއިން ތެޔޮގަނެގެން، މުވައްޒަފުން ގޮވައިގެން، ރާއްޖޭގެ 100 ރަށަށް ދަތުރުކުރިއިރު، އެސިޔާސީ ހަޤީޤަތަކީ ޑިމޮކްރަސީގެ އިދިކޮޅެވެ. ދައުލަތުގެ ބަޖެޓް އެމްޑީޕީއަށް ޚަރަދުކުރުމޭ މިބުނި ބަހަކީ ރަށްރަށްގޮސް ޤައުމީ މަސައްކަތްކުރުމުގެ ބަދަލުގައި ބައްދަލުކުރަނީ އެމްޑީޕީ މީހުންނާއެވެ. ވާހަކަ ދައްކަނީ އެމްޑީޕީ ޕޯޑިއަމްގައެވެ. ހުރިހާ ޚަރަދެއް ސަރުކާރުންނެވެ.

މުލިއާގޭގައި އެމްޑީޕީގެ މައި ކެމްޕޭނު އޮފީސް ހުރިކަމީ، އަނެއް ދިވެހިރާއްޖޭއަކީ މިހާރުގެ ޒިމްބާބުވޭކަން އަންގައިދޭ ދަލީލެކެވެ. މުލިއާގެއަކީ އެމްޑީޕީގެ މައި އިދާރާއެއްނޫނެވެ. ދައުލަތުގެ މުވައްޒިފުން، ޗުއްޓީ ނުނަގައި، މުސާރަ ލިބޭގޮތަށް ކެމްޕޭނުކުރަން ފޮނުވުމަކީ ސީދާ ކޮރަޕްޝަނެވެ.

ރައްޔިތުންނަށް ހަރާމްކޯރުވުން

މުނާފިޤުންގެ ސިފަތަކުގެތެރެއަށް ބަލާއިރު، ވަޢުދެއް ވިއްޔާ އެއާއި ޚިލާފުވާނެކަމަށް އޮތްއޮތުމަކީ، މިއަދު ރާއްޖޭގައި ވެރިކަމާއިހެދި، ރައީސް ނަޝީދު ދައްކަމުން، ހަދަމުންދާ ދޮގުވަޢުދުގެ ސަބަބުން މަންޒަރެއް ސިފަވާ ކަމެކެވެ. ކެމްޕޭނުގެ ވަޢުދާއި، އޭގެ ކުރީގެ ވަޢުދާއި، ވެރިކަމަށް އައިފަހުން، ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިޚާބުގެ ވަޢުދުތައް އެއީ ގޯނިގޯނި ފުރެންދެން ހުރި އެއްޗިއްސެވެ. މިހާރު އަހާލިޔަސް ވީވަޢުދެއްކަން ހަދާންވެސް ނެތް ވަޢުދު ހުންނާނެވެ. 2009 ގެ ކުރިން އަޅަން ބުނި ފްލެޓް ކޮބާ ހެއްޔެވެ؟ އެތަންތަން ގެނބިގެން ދިޔައީބާއެވެ. ޑްރަގަށް ދޮރު ބަންދުކުރާނެކަމަށްބުނެ، ތެޔޮބޯމީހުންނަށް ދަޢުވާކުރަން ޕީޖީއަށް ނުފޮނުވަނީ ކީއްވެ ހެއްޔެވެ؟

ވާހަކައެއް ދައްކައިފިއްޔާ ދޮގު ހަދާނެކަން އެއީ މުނާފިޤުކަމުގެ އަނެއް ސިފައެވެ. މިރާއްޖޭގައި ދަތުރު ފަތުރުގެ ނިޒާމުގައި ތިން ލައްކަ އަށްވުރެ ގިނަމީހުން، ދަތުރުކޮށްފައިވާކަމަށް ހާމަކުރިއެވެ. ދަތުރު ފަތުރޭ ބުނަނީ ރަށުބަންދުންވީއްލުމަށް ރައީސް ވެފައިވާ ވަޢުދެވެ. ރާއްޖޭގެ ފަންސާސް ޕަސެންޓް ރަށުގައި ވެސް އެޚިދުމަތެއް ނުލިބެއެވެ. 10 ޕަސެންޓް ރަށުގައި ހިނގާކަމެއްގައި، މާމޮޅުވެލަން ނުވެސް ގުޅޭ ވަކި ޢަދަދެއް ބުނެލިއިރު، އޮޑި ފަހަރުގައި މީހުން ގުނަން މިނިސްޓަރަކު ލާފައި ހުންނަނަމަ މައްސަލައެއްނެތެވެ. 10 ރުފިޔާއަށް ބަދަލުކުރަން ބުނި ޑޮލަރގެ ރޭޓް މިއަދު މިވަނީ ކިހިނެތް ހެއްޔެވެ؟

މިހިރީ މިރާއްޖޭގެ ހުދުމުހުތާރު ވެރިޔާގެ ސިފަތެކެވެ. އަދު ދުނިޔެއަށް ފެންނަނީ ޑިމޮކްރަސީގެ މާމޮޅު ޤައުމެއްގެ ގޮތުގައެވެ. ހީވަނީ ޑިމޮކްރަސީގެ އައްޕައަކީ، ނުވަތަ ބާނީއަކީ ވެސް މިހާރު ވެރިކަމުގައި މިހުރި ބާރުގަދަ މަސްތުވާތަކެތި އެކަނި މަނާކުރަންބުނި މީހާހެންނެވެ؟  ދުނިޔޭގެ އެއްވެސް ޤައުމެއްގައި މީނަމިކުރާގޮތަށް ހުރި ޑިމިޮކްރެޓިކް ޤާނޫނު އަސާސީއަކުން ވެރިއަކަށް އައި މީހަކު ދައްކަބަލާށެވެ. ރައްޔިތުންގެ ބޮލަށް ތާވަޅެއްހެން ފިތައި، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުކުރަން އުޅޭމީހަކު މިނޫނީ ނެތެވެ. ތެދެކެވެ. މިއީ ހަމަ ފައްކާ ހުދުމުހުތާރު ވެރިއެކެވެ.

 

Advertisements
This entry was posted in reality. Bookmark the permalink.

2 Responses to ޑިމޮކްރަސީގެ ހެދުން އަޅައިގެންހުރި ދުނިޔޭގެ އެންމެ ބޮޑު ހުދުމުހުތާރު ވެރިޔާ

  1. mifran mohamed says:

    kaleah varah bodah engey… ekamu kaley ekani vote liyas raeesaku nuhoveyne boa buraanchaa….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s