ލިޔަން ކިޔަން ނޭނގޭ ހޯމް މިނިސްޓަރު ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވާލަން


ކައުންސިލަރުން ހައްޔަރުކުރުމަކީ އަފީފަށް ކުރެވޭނެ ކަމެއްނޫން. ވަކީލުން މިކަމަށް އިސްނަގައި މީނާ ދުރުކުރޭ

އަފީފަކީ ވިލިފުށީ ދާއިރާއިން ފޭލުވެފައިވާ މީހެއް

ޤާނޫނު މުގުރާފައިވާތީ އަފީފުގެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަން

މިއަނިޔާވެރި ހުދުމުހުތާރުވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަން

ލާމަރުކަޒީ ޤާނޫނުގައިވާގޮތުގެމަތިން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އައްޔަންކޮށްފައިވާ ވިލިފުށީ ރައްޔިތުން ބަލައިނުގަތް ހަސަން އަފީފް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް ކުރައްވަމުން ގެންދަވާ ކަންތައްތައް ހުއްޓުވައި އޭނާ ޝަރީޢަތުގެ މަޖިލީހަށް ގެނައުމަކީ މިއަދު ފުލުހުންގެ މައްޗަށް ވާޖިބެކެވެ. ދިވެހި ރާއްޖޭގައި ޤާނޫނުގެ ވެރިކަން ހިންގައި، ޤާނޫނުތައް ނެގެހެއްޓުމުގެ އެންމެ ބޮޑު އެއްޒިއްމާ އުފުލަންޖެހޭނީ ވެރިކަން ކުރާފަރާތުންކަމަށް ވީހިނދު، ޤާނޫނަކަށް ބެލުމެއްނެތި، ރައްޔިތުންގެ ބަހުގައި ކޮޅުފައިން ޖެހި ހަސަން އަފީފަކީ މިއަދު ޤާނޫނުގެ ވެރިކަމަށްޓަކައި ޖަލުގައި ހުންނަންޖެހޭނެ މީހެކެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ އެއްޗެއް ލިޔަންކިޔަން އެނގޭ ކޮންމެމީހަކަށް ސާފުކޮށް ދޭހަވާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ތ) ހަސަން އަފީފަށް ކިޔާދޭނީ ކާކުތޯއެވެ. އެކަންކޮށްދޭނެ ފަރާތެއް ބިޑަށް ލިޔަސް މައްސަލައެއް ނެތެވެ. އެމާއްދާގައިވަނީ “އަތޮޅުކައުންސިލްގެ އިދާރާކަމުގައި ބުނެފައި އެވަނީ، 7 އޮގަސްޓް 2008ގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ޢަމަލުކުރެވެން ފެށުނު އިރު، އަތޮޅު އޮފީސްތައްކަމުގައި ބަލަމުން އައިތަންތަނަށެވެ”

މިމައްދާ ނޭގެންޏާ ދެންފަހެ، ހަސަން އަފީފު ގެއަށް ވަޑައިގަތުން ނޫންގޮތެއްނެތެވެ. ޤާނޫނު ނޭނގޭ ގަމާރަކު އެތަނުގައި ބަހައްޓައިގެން އަހަރުމެން ހަލާކުވެދާނެއެވެ.

ތުލުސްދޫއިން ވެރިކަން މާފުއްޓަަށް ބަދަލުކުރީ ސަރުކާރުން އެތަނުގައި ވެރިކަން ކުރަން ބޭނުން ނުވާތީއެއްނޫނެވެ. އަޞްލު މައްސަލައަކީ އެތަނުގައި ވެރިކަން ހިންގާނެ ވަޞީލަތްތައް ހުރުމެވެ. މާފުށީގައި ވަޞީލަތް ނެތީމާ ވާގޮތަކީ ތަންތައް ކުއްޔަށް ހިފައިގެން އެއިން ކަރަޕްޝަން ހިންގައި، އަމިއްލަ ޖީބަށް ފައިސާ ވެއްދޭނެއެވެ. އެކަން އޮތީވެސް ފަޅާވެސް އަރާފައެވެ. މޮނާޒާ ނަޢީމު، ސްޓޭޓް މިނިސްޓަރަށް ހަދައި، އޭނާއުޅޭނެތަންތައް ކުއްޔަށް ހިފުމަށް 30000 “ތިރީސް ހާސް” ރުފިޔާވެސް ދަނީ ކުއްޔަށް ދައްކަމުންނެވެ. ސަރުކާރުން އޭނާ އުޅެން އެތަނުގައި 3 ތަން ހިިފާފައި ހުރެއެވެ. ނަޢީމުގެ ގޮތެއް ނޭނގެއެވެ. ނަޢީމުބޭނުން ނުވިޔަސް އެހުރީ ހިފާފައެވެ. އެއީ ނަޢީމުގެ މައްސަލައެއްކަން އަޅުގަނޑު ނުދައްނަވާނަމެވެ. ނަޢީމުގެ މައްސަލައެއްނަމަ، އެކަން އިދިކޮޅު ފަރާތްތަކުން ދަންކަން ފެށީމަ އެކަން ހުއްޓުވާނެނޫން ހެއްޔެވެ؟ އެކަމަކު އޭގެ ބަދަލުގައި އެވާހަކަ އެންމެ ބޮޑަށް ދެއްކި ރައީސް އޮފީހުގެ މުވައްޒަފު ވަޒީފާއިންވެސް ކަނޑާލީއެވެ.

މިއަދު ހަސަން އަފީފު ކައުންސިލަރުން ހައްޔަރުކޮށް ކައުންސިލުގެ އޮފީހުގެ ތަޅުގަނޑި އަންބޮޑިއަށް ލައިގެން ހުއްޓަސް އޭނާ އެހުރީ ޤާނޫނާއި ޚިލާފުވެފައެވެ. ކެތް ނުކުރެވިގެން ފުލުހުންނަށް އަންގައިގެން ކައުސިލަރުން ހައްޔަރުވެސް ކުރީއެވެ. ސީދާ ރައީސްގެ އޯޑަރަށެވެ. ހުދުމުހުތާރު އަނިޔާވެރިޔާގެ އޯޑަރަށެވެ.

ތުލުސްދޫއިން ވެރިކަން ބަދަލު ކުރިއިރު މުޅި ރަށު ރައްޔިތުންވެސް ނުކުތެވެ. ފުލުހުންގޮސްގެންވެސް އޮފީހުގައި ހުރި އެއްވެސް އެއްޗެއް ބަދަލެއްވެސް ނުކުރެވުނެވެ. މިއަދު މާފުށީގެ އެމްޑީޕީގެ ދެތިން ކެނައިން ނުކުމެ ސަރުކާރުން އަންގައިގެން ކިިތައްމެ މުޒާހަރާއެއްކުރިޔަސް އެއީ ވެރިކަންވެސް ބަދަލުކޮށްފައެވެ. ޤާނޫނަށް ބޯލަނބާ މީހުންތަކެއް ކައުންސިލުގައި ތިބިކަން އެއި ނަސީބެއެވެ.

ހަސަން އަފީފަކީ އޭނާގެ އަމިއްލަ ރަށްކަމަށް ބުނާ  ތ އަތޮޅު ވިލިފުށީ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް ނުހޮވި، ބޭކާރުވެ، ރައްޔިތުން ނޫނެކޭ ބުނެފައިވާ މީހެކެވެ. އޭނާ ކަޑަވެގެން ކުރާނެ ކަމެއްނެތިގެން އުޅެންފެށީމާ އެޑްވައިޒަރުކަން ދީފައި ހޯމް މިނިސްޓަރުކަން ދިނީއެވެ. ގާތް ރަހުމަތްތެރިންނަށް މަޤާމު ބެހުމަށް ކެނެރީ ޔަހުދީ ކަލޭގެ ގެންގުޅޭ ބޮޑު ރޫހާނީ ފޮތުގައި ވާގޮތަށެވެ.

އަފީފެވެ. ރައްޔިތުން ބަލައިނުގަންނަމީހުންނަށް މަޤާމް ދޭވާހަކަ މައުމޫނު ވެރިކަމުގައި ތާއަބަދަށް އެމްޑީޕީއިން ގޮވާފައި، މިހާރު ކަލޭފަދަ ފޭލްވެފައިވާ މީހަކު ތިމަޤާމުގައި ހުރުމުން ކަލޭމެންގެ މީހުންވެސް އެބަ އެއްޗެހި ގޮވައެވެ. އެމީހުން ހީހަދައެވެ. ކަލޭގެ އަތޮޅުން މުޅި އަތޮޅު ކައުންސިލަށް، ހޮވުނީ “އެމްޑީޕީ – ދީނުގެ” އެންމެ މީހެކެވެ. ދެން މުޅީންހެން ޑީއާރުޕީ މީހުންނެވެ. ދެރަވިޔަސް އަދި ޤާނޫނު މުގުރާކަށް ނުޖެހޭނެއެވެ.

ކައުންސިލު އުވާލުމަށް ހުށަހަޅައިފިނަމަ ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ތިޔަގޮތަށް ކައުންސިލުތައް އުވާލުމަށް ބާކީ އޮތް ތިން އަހަރު ކަލޭ ހޭދަކުރަންޖެހޭއިރު، އިންތިޚާބުގައި ވީބައްޔަށްވުރެ ބޮޑު ބައްޔަކުން އިރާދަކުރެއްވިއްޔާ އެމްޑީޕީ 2013 ގައި ބަލިކޮށްލާނަމެވެ. އެއީ ރައްޔިތުންގެ އެދުމެވެ. ހުރުމުހުތާރު ވެރިކަން ވައްޓާލުމުގެ ޢަޒުމެވެ. އަނެއް ރާބޯ، ދިވެހި ރާއްޖެއިން ދިވެހިން ސަލާމަތްކޮށް ޤައުމީ ދިދައިގެ ހިޔާގެ ދަށަށް އިރާދަކުރެއްވިއްޔާ ގެންދާނަމެވެ.

 

Advertisements
This entry was posted in Laws. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s