ނަޝީދުގެ މައްޗަށް ދައުވާނުކުރެވެނީތަ؟


This article was firstly published on http://maldivianlawyer.wordpress.com
މިހާރު އެންމެ ބޮޑަށް އަޑުއުފުލަނީ ނަޝީދު ހައްޔަރުކޮށްގެން އެކަމާ ދެކޮޅަށެވެ. ނަޝީދުގެ ސަޕޯޓަރުން ޤަބޫލުކުރާގޮތުގައި ނަޝީދު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަކަށް ނެތެވެ. އަދި ނަޝީދުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤެއްވެސް ނެތެވެ. އަދި ނަޝީދު ޖަވާބުދާރީވާންޖެހޭ އެއްވެސް ކޯޓެއްވެސް މިޤައުމުގައި ނެތެވެ.
ނަޝީދު ހައްޔަރުކުރެވުނީ ޝަރީޢަތަކަށް ހާޟިރުވުމަށް ދެކޮޅު ހެދުމުންނެވެ. އެކަން ސާފުކޮށް އެނގޭ ދެތިން ކަމެއް އެބައޮތެވެ. އެމްޑީޕީގެ ކޮންމެވެސް ތަނަކުން ކޯޓުތައް ޤަބޫލު ނުކުރަން ނިންމިއެވެ. ނަޝީދުގެ ޝަރީޢަތް ބާއްވަން ޝެޑިއުލް ކުރުމާއެކު އިޢުލާނު ނުކުރާ އިންތިޚާބަކަށް ކެމްޕެއިން ކުރަން ނަޝީދު ދާންނިންމިއެވެ. އެއާއެކު އޭނާގެ އަރިސް އެއްމިނިސްޓަރު އަސްލަމް ބުނެފައިވަނީ، ނަޝީދުއަށް މާލޭގައި ހުންނާކަށް ލާހިކު ނުވާނެކަމަށެވެ. އަދި އޭނާ ދާންނެތިންޔާ ގަދަކަމުންވެސް މާލެއިން ބޭރަށް ގެންދާނެކަމަށެވެ.
ފުރަން އޮތްދުވަހު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމްކަމަށް ބުނާ ޓީމަކުން ބުނެފައިވަނީ އެމްޑީޕީގެ ނިންމުމަށް (ކޯޓު ޤަބޫލުނުކުރަން ނިންމި ނިންމުމަށް) ނަޝީދު އިހްތިރާމް ކުރާނެކަމަށެވެ. މާނައަކީ ކޯޓެއް ހުރިކަމަށް ނަޝީދު ޤަބޫލު ނުކުރާނެއެވެ. އެހެންވީމާ ކޯޓަކުން އަމުރެއް ލިބުނުކަމަށްވެސް ނަޝީދު ޤަބޫލެއް ނުކުރާނެއެވެ.
އަނެއްކަމަކީ އެމްޑީޕީގެ ޕޯޑިއަމްތަކާއި، ތަންތަނުގައި ނަޝީދު ދައްކަމުން ގެންދިޔަ ވާހަކަތަކެވެ. އަދި އޭނާގެ އަރިސް މީހުން ދައްކަމުންދިޔަ ވާހަކަތަކެވެ. އޭގެންއެނގެނީ ނަޝީދު ޤަބޫލުކުރާގޮތުގައި އޭނާ ކުށެއް ނުކުރެއެވެ. އެހެންކަމުން އޭނާ ހާޒިރެއް ނުވާނެއެވެ.
ނަޝީދާމެދު ތަފާތުކުރިކަމަށް ބުނުން
ނަޝީދާމެދު ތަފާތު ގޮތެއް ގެންގުޅޭކަމަށް އެމްޑީޕީގެ އިސްސަފުގައި އުޅޭ މީހުން ގަބޫލުކުރަނީ އެއްވެސް ސާބިތު ކަމެއްގެ މައްޗަށް ބުރަވެގެނެއް ނޫނެވެ. އެމީހުންގެ އެއްވެސް ހަމައެއްނެތެވެ. އެމީހުން ޤަބޫލުކުރާ އިންސާފަކީ އެމީހުންގެ މުލައްދަނޑީގެ އިންސާފެވެ.
ޢަބްދުﷲ ހަމީދު ހާޟިރު ނުކުރެވުން
ޢަބްދުﷲ ހަމީދު ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން (ޖިނާއީ ކޯޓުން) އަމުރު ނެރުނު އިރު އަބްދުﷲ ހަމީދު މާލޭގައި ނެތެވެ. އޭނާހުރީ ނަޝީދު ހައްދަވާއިދެއްވި ރަތްޕާސްޕޯޓްގައި ބޭރުގައެވެ. ނަޝީދު އޭނާއަށް ރަތްޕާސްޕޯޓް ދިނީ ކީއްވެހެއްޔެވެ؟ ނަޝީދާ އެސުވާލުކުރާށެވެ.
ފުލުހުންނަށް ބޭރުގައުމެއްގައި ހުރިމީހަކު ހައްޔަރުކުރަން ދިއުމުގެ އެއްވެސް ބާރެއް، އިޚްތިޔާރެއް ލިބިގެން ނުވެއެވެ. އެކަން އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ނޭނގުމަކީ އެމީހުންގެ ގަމާރުކަން ދޭހަކޮށްދޭކަމެކެވެ. އެމީހުންގެ ވިސްނުންކޮށިކަމާއި ސިކުނޑި ތަޅުލެވިފައިވާކަން ދަލާލަތުކޮށްދޭ އަލިގަދަ ހެއްކެކެވެ.
އެގަމާރުކަމުގައި އިސްތިސްނާތަކެއްވަނީއެއްނޫނެވެ އިންތިޔާޒަކީ އަކީވެސް އެފަދަ މީހެކެވެ. އޭނާ ދައްކާވާހަކައިން އެކަން އެނގެއެވެ.
ނަޝީދުއަކީ މަލާއިކަތެއް ނޫން
ނަޝީދަކީ އިންސާނެއްކަން އެމްޑީޕީމީހުން ދަންނަންޖެހެއެވެ. އަދި އޭނާއަކީ ދިވެހި ގާނޫނު އޭނާގެ މައްޗަށް ހިނގާނެ މީހެއްކަންވެސް އެނގެން ޖެހޭނެއެވެ. އެކަންނޭނގޭ ބަޔަކީ ސާފުސީދާ ބަހުން ބުނާނަމަ ގަމާރުންނެވެ. ކޮސްގޮވާ ފިނޑިންނެވެ. އެމީހުން ބުނާކަހަލައެވެ.
މިމީހުންދެކޭގޮތުގައި ނަޝީދުގެ މައްޗަށް ދައުވާކުރެވެންވާނީ ކޯޓުތަކުގައި ހުރި ހުރިހާ ދައުވާތަކެއް ނިމުމުންނެވެ. އެދުވަހެއް ނާންނާނެއެވެ. ނަޝީދުގެ މާތްކަމާއި މަތިވެރިކަމުގެ ސަބަބުން އޭނާގެ މައްޗަށް ދައުވާކުރެވެންވާނީ ދުނިޔޭގެ ލެއްވިހާ ދައުވާއެއް ކުރުމަށްފަހުއެވެ. އެހެންނޫނީ ހަމަހަމަކަން ގާއިމުވީކަމަށް ނުބެލެވޭނެއެވެ. މިއީ އެމްޑީޕީގެ އިންސާފެވެ. އެމީހުންނަށްވެރިކަން ލިބުނު އިރު ގާއިމު ނުކުރެވުނު އިންސާފެއް އެމީހުންނަކަށް ނޭނގޭނެއެވެ.
Advertisements
This entry was posted in law, Legal. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s